ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނިގެ ޣައްޒާގައި ހިންގަމުންދަނީ ޤަތުލްއާންމެއް ކަމަށް ކަނޑައަޅައިދިނުމަށް ދެކުނު އެފްރިކާ އިން ދުނިޔޭގެ ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް އެންމެ ފަހުން ވަދެފައިވަނީ ޔަހޫދީ އިސްރާއީލަށް ހުރިހާ ގޮތަކުން ވެސް އެންމެ ބޮޑަށް އެހީތެރިކަންދޭ އިސްލާމީ ގައުމެއް ކަމަށްވާ މިސްރެވެ. މިސްރުން މިފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ސަބަބުން އިސްރާއީލަށާއި އެމެރިކާ އަށް ވެސް ވަނީ ބޮޑު ސިހުމެއް ލިބިގެން ގޮސްފައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު މުޅި ދުނިޔެ ސިއްސުވާލީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ހިތްވަރުގަދަ މުޖާހިދުން، ދުނިޔޭގައި ވަރުގަދަ ކަމަށް ދައުވާ ކުރާ ޔަހޫދީންގެ…